twitterviber whatsapp telegramfacebookyoutube instagram
26th September 2026

24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާގެ 100 ވުރެ ގިނަ މީހުން މަރާލައިފި

ޚަދީޖާ އާދަމް
May 5, 2019

އިސްރާއީލުން މިހާރު ޤައްޒާގެ އިރުމަތީ ސަރަހައްދަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވެ ދިޔަ 24 ގަޑިއިރު 100 ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ހަބަރުތަކުން ބުނެފި އެވެ.

އޭގެ ތެރޭގައި މާބަނޑު އަންހެނަކާއި އެމީހާގެ 1 އަހަރުގެ ދަރިފުޅުވެސް ހިމެނެއެވެ. ގައްޒާގެ ހެލްތް މިނިސްޓްރީން ވަނީ 1 އަހަރުގެ ސެބާ އަރާރް އަދި ކުއްޖާގެ މަންމަ ފަލަސްތީން އަރާރު މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެެވެ.

އެސަރަހައްދަށް ހަނގުރާމަމަތީ ބޯޓުތަކުން އެގެއަށް އަމާޒުކޮށް ދިން ހަމަލާގައި އިތުރު ދެމީހުންވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

އިސްރާއީލުން މިހާރު ދަނީ ޑްރޯން، ހަނގުރާމަމަތީ އުޅަނދުތަކާއި، ހެލިކޮޕްޓަރު އަދި ޓޭންކުތައް ބޭނުން ކޮށްގެން ގައްޒާއަށް އެކި ހަމަލާތައް ދެމުންނެވެ. އެގޮތުން ގެތަކަށާއި، ޔުނިވާރސިޓީތަކަށް އަންނަނީ ހަމަލާ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293