twitterviber whatsapp telegramfacebookyoutube instagram
5th November 2025

ރެސިޕީ: އެގް ސެލެޑް ޓޯސްޓް

ޚަދީޖާ އާދަމް
May 10, 2019

ބޭނުންވާ ތަކެތި:

  • 1 ބިސް (ފެނު ކައްކާފަ)
  • 2 ސަމުސާ މައޮނައިޒް
  • ފިޔާ ކޮށާފަ
  • ލޮނު
  • އަސޭމިރުސް
  • 2 ފޮތި ޕާން

ތައްޔާރު ކުރާނެގޮތް:

ފުރަތަމަ ބިސް ކުދިކުދި ކޮށް ކޮށާލުމަށްފަހު ބޯތައްޓެއްގައި ބިސް، މައޮނައިޒް އެއްކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ލޮނު އަސޭމިރުސް، ފިޔާއަޅާ އެއްކޮށްލާށެވެ. ސެލެޑް ތައްޔާރުކުރާއިރު ފިޔާ ބޭނުން ކުރާނީ އެމީހަކު ބޭނުންވާ ވަރަކަށެވެ.

އެއަށްފަހު ޕާން ޓޯސްޓް ކޮށްލުމަށްފަހު އެއް ފޮތި ޕާނުގައި ސެލެޑް އަތުރާލާ އަނެއްފޮތި މަތީގައި ބާވާލާށެވެ.

ބޭނުންނަމަ ޓޯސްޓާއި އެކު ލެޓިއުސްފަތް އަދި ޓޮމާޓޯވެސް ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355