twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކްލަބް ކޮރަލްސްގެ "ކާނިވަލް ފީފާ ކިންގް 2019" ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
May 11, 2019
1

މިމަހު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކްލަބް ކޮރަލްސްގެ "ކާނިވަލް ފީފާ ކިންގް 2019" ޕީއެސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މުބާރާތް ކުރިއަށްދާނީ މުބާރާތުގެ މެއިން ސްޕޮންސަރ ކަމަށްވާ ކާނިވަލް ކެފޭގަ އެވެ. މުބާރަތް ކުރިއަށް ދަނީ ކޮންމެ ރޭގަނޑު 21:30 ން 01:00 ދެމެދު އެވެ.

މުބާރާތުގައި ބައިވެރިވުމަށް 50 ރުފިޔާގެ ފީ އެއް ނެގޭއިރު މުބާރާތުގެ ޗެމްޕިއަންއަށް 1000 ރުފިޔާ، އަދި ރަނަރަޕަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައެޅިފަ އެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ފައިވަނީ 13 މެއި ވާ ހޯމަދުވަހުގެ ރޭ 09:00 ހަމައަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަންބަރު، އުފަންދުވަސް، އަދި ގުޅޭނެ ނަމްބަރެއް ޖެއްސެވުމަށް ފަހު 7930003 ނަންބަރާ އެސްއެމްއެސް ކުރައްވާށެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7930003، 7908030 އަދި 7795002 ނަންބަރާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355