twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ރެސިޕީ: މައިލޯ ކޭކް

ނަބީލާ އިސްމާޢީލް
May 16, 2019

ބޭނުންވާ ތަކެތި:

  • 125ގ ބަޓާރ
  • 50ގ ހަކުރު
  • 195ގ ފުއް
  • 2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
  • 150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
  • 1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
  • 3 ބިސް
  • 120މލ މިލްކް

ތައްޔާރުކުރާނެ ގޮތް:

މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ. އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނިކޮށްލުމުން މި ހުރީ މައިލޯ ކޭކް ތައްޔާރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355