twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިސްކިތްތައް ބައްޓަންކުރަންވީ ﷲ އަށް ޒިކުރުކުރެވޭނެ ހުރިހާކަމަކަށް މަގު ފަހިވާގޮތަށް: މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
May 15, 2019
2

މިސްކިތްތަކަކީ ހަމައެކަނި ނަމާދުކޮށްލާ ތަނެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި، އެތަންތަނަކީ ﷲ ސުބުހާނަހޫ ވަތައާލާއަށް ޒިކުރުކުރެވޭނެ ހުރިހާ ކަންތައްތަކެއް ކުރެވޭނެ މަގު ފަހިވާގޮތަށް ބައްޓަން ކުރަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ވިޔަފާރިވެރިޔަކު އިމާރާތްކުރި "މަސްޖިދުލް ފިރުދައުސް" ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ ޒާހިރު ވިދާޅުވީ މިސްކިތްތައް ބައްޓަން ކުރަން ޖެހެނީ ހަމައެކަނި އަޅުކަން ކޮށްލާ ތަނެއްގެ ގޮތުގައި އެކަނި ނޫން ކަމަށެވެ. އަދި މިސްކިތްތަކުގައި ﷲ އަށް ޒިކުރުކުރެވޭނެ ހުރިހާ ކަންތައްތައް މަގު ފަހިވާނެ ގޮތަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ޤުރުއާން ކިޔަވަން ތިބުމާއި ޤުރުއާން ކުލާސްތައް ހިންގުމާއި ވައުދު އިރުޝާދުތައް ދެވޭތަނެއްގެ ގޮތުގައި މިސްކިތްތައް ހަދަން ޖެހޭ ކަމަށެވެ.

"މިސްކިތްތަކަށް ﷲ ގެ ރަހުމަތް ބާއްވާލައްވަނީ، އެކަލާނގެ ޒިކްރުކުރާ މީހުންނަށް ރަހުމަތް ތަނަވަސްވެގެންދަނީ. ހަމައެކަނި އަޅުކަން ކޮށްލާތަނެއްގެ (ނަމާދު) ގޮތުގައި ހެދުމުގެ ބަދަލުގައި މިސްކިތްތަކުގައި ކީރިތި ޤުރުއާން ކިޔަވަން ތިބޭ ތަނެއްގެ ގޮތުގައި ހަދަން އެބަޖެހޭ. (ޤުރުއާން) ކުލާސްތައް ހިންގާތަނެއްގެ ގޮތުގައި ހަދަން އެބަޖެހޭ. ވައުޒު އިރުޝާދުތައް ދެވޭތަނެއްގެ ގޮތުގައި ހަދަން އެބަޖެހޭ." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"ﷲ ސުބުހާނަހޫ ވަތައާލާއަށް ޒިކުރުކުރެވޭނެ ހުރިހާ ކަންތައްތައް މަގު ފަހިވާގޮތަށް މިސްކިތްތައް ބިނާކުރަން މިޖެހެނީ . މިސްކިތްތައް ބައްޓަން ކުރަން މިޖެހެނީ." އިސްލާމިކް މިނިސްޓަރު ޑރ ޒާހިރު ވިދާޅުވި އެވެ.

މިސްކިތްތައް އިމާރާތްކުރުމަކީ މާތްކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ބިނާކުރުމުގެ މާތްކަން ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުންވެސް ސާބިތުވާކަމެއް ކަމަށެވެ. އަދި މިސްކިތްތައް އިމާރާތްކުރާ މީހުންނަކީ ﷲ އަށްށާއި އާޙިރަތް ދުވަހަށް އީމާންވާ މީހުންކަން ކީރިތި ޤުރުއާންގައި އެކަލާނގެ ބަޔާންކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެކަލާނގެ ހަޒުރަތުގައި އެންމެ ހެޔޮތަނެއްގެ ގޮތުގައި ލައްވާފައިވާ ތަނަކީ މިސްކިތްތައްކަމަށާއި އެތަނުގައި ކީރިތި ޤުރުއާން ކިޔެވުމާއި ﷲ ސުބުހާނަހޫ ވަތައާލާ ހަނދުމަކުރުމާއި އެކަލާނގެ އަށް އަޅުކަން ކުރުމަ ބިންމަތީގައިވާ އެންމެ ޝަރަފުވެރި އެންމެ މާތް ތަންތަންކަމުގައި ﷲ ތައާލާ ލައްވާފައިވަނީ މިސްކިތްތައްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަނި ހުރެ ކުރާ ނަމާދަށްވުރެ މިސްކިތްތުގައި ޖަމާއަތުގައި ކުރާ ނަމާދުގެ 27 ދަރަޖަ މޮޅުއިތުރުވެގެންވާކަން ހަނދާކޮށްދެއްވަމުން މިނިސްޓަރު ވަނީ ވީހާވެސް ގިނައިން މިސްކިތުގައި ކުރާ ނަމާދުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފަ އެވެ. އެކަމުގައި ސަބަބުން މުޖުތަމައުގެ ދުޅަހެޔޮކަންވެސް އިތުރުވެ ގުޅުން ބަދަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355