twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރެސިޕީ: ޗިކަން ސަބްމެރިން

ނަބީލާ އިސްމާޢީލް
May 18, 2019

ބޭނުންވާ ތަކެތި:

  • 1 ސަބްމެރިން ބަނަސް
  • 1 ޖޯޑު ބޯންލެސް ކުކުޅު ( ކިއުބްކޮށް ކޮށާފައި )
  • 1 ފިޔާ ( ކުދިކޮށް ކޮށާފައި )
  • 1 ލޮނުމެދު ( ކުދިކޮށް ކޮށާފައި )
  • 1 ކެޕްސިކަމް ( ކުދިކޮށް ކޮށާފައި )
  • 1 ޓޮމާޓާ ( ވަށްކޮށް ކޮށާފައި )
  • 2 ފޮތި ސްލައިށް ޗީޒް
  • 2މޭޒުމަތީ ސަމްސާ ޗިލީ އެން ގާލިކް ސޯސް
  • 4/1 ސައި ސަމްސާ އަސޭމިރުސް
  • 2ސައިސަމްސާ ބަޓާރ
  • ލޮނު

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދާލާފައި ބަޓަރުކޮޅު ވިރުވާލާށެވެ. އޭގެ ތެރޭގައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު ވަޅޯކޮށްލާށެވެ. ފިޔާ، ލޮނުމެދު ވަޅޯވުމުން ކެޕްސިކަމްކޮޅާއި ކުކުޅު މަސް އަޅާލުމަށްފަހު މަސްތައް ރޯފިލަންދެން ހަނާ ކޮށްލާށެވެ. ރަހަ ހެޔޮވަރުކޮށްލުމަށް ލޮނާއި އަސޭމިރުސް އަޅާލާށެވެ. ޗިލީ ގާރލިކް ސޯސް ކޮޅުތެރެއަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާ އެއްކޮށްލާށެވެ. ބަނަސް މެދުން ފަޅާލުމަށްފަހު އެއްފުށުގައި މި ސޯސްކޮޅު އުނގުޅާލާށެވެ. އަނެއްފަޅީގައި މަޔޮނައިސްކޮޅު ހާކާލާށެވެ. ދެން އެއްފަޅިއަށް ކުކުޅު މަސްކޮޅު އަޅާލާށެވެ. އޭގެ މަތީ ޓޮމާޓޯ ފޮތި އަތުރާލުމަށްފަހު ޗީޒް ފޮތިތައް ކަފާލައި އަތުރާލާށެވެ. ބޭނުންނަމަ ކުޑައިރުކޮޅެއް ވަންދެން އަވަނުން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355