twitterviber whatsapp telegramfacebookyoutube instagram
23rd March 2026

އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ

May 18, 2019
1

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ ހިމެނިއްޖެ އެވެ.

ރާއްޖޭގައި ޓެލެކޮމް ހިދުމަތް އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް މި ލިސްޓުގައި ހިމެނިފައިވާއިރު ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" ގެ ޓެލެކޮމް 300، 2019 ރިޕޯޓާ ހަވާލާދީ އުރީދޫ ގްރޫޕުން ބުނީ އެ ކުންފުނީގެ ބްރޭންޑިން ވެލިއު 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރި އެރުން ތަކެއް ވަނީ ހޯދާފަ އެވެ. މި އަހަރު އެންމެ ވަރުގަދަ 50 ކުންފުނީގެ ލިސްޓަށް އެރުމަކީ އެ ކުންފުނިން ހޯދި ބޮޑު ކާމިޔާބީ އެކެވެ.

މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ.

އުރީދޫ ބްރޭންޑުގެ ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރާފަ އެވެ. އޭއޭ ޕްލަސްއަކީ އެންމެ ވަރުގަދަ ބްރޭންޑު ތަކަށް ލިބޭ ރޭޓިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355