twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރެސިޕީ: ކިރު ބޯކިބާ

ނަބީލާ އިސްމާޢީލް
May 19, 2019

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ޒުވާރިފުއް
  • 3 ޖޯޑު ހަކުރު
  • 7 ޖޯޑު ރާނބާފަތުފެން
  • 2 ޖޯޑު ކާށިކިރު
  • 2 މޭޒުމަތީ ސަމުސާ ރޯސް ވޯޓާ ނުވަތް 1 ޖޯޑުމާފެން

ތައްޔާރުކުރާނެގޮތް:

ޒުވާރިފުއް، ހަކުރު، ކާށި ކިރު ތެރެއަށް ރާނބާފަތުފެން މަދު މަދުން އަޅަމުން ގިރާލާށެވެ. ރާނބާފަތުފެން އެއްކޮށް އެޅުމަށްފަހު، ފުށްތައް ރަނގަޅަށް ގިރާލުމަށްފަހު އުނދުންމައްޗަށް އުދައިގެން މަޑުގިނީގައި ބޯކޮބާއެޅޭވަރަށް އޮލަވަންދެން ފުއްގަނޑު ހިލާށެވެ. ހިލާ އިރު ގަޑުވިޔަ ނުދީ އެއްކުރަމުން ގެންދަންވާނެވެ. ރަނގަޅަށް ހިލުނީމައި ފުއްގަނޑުތެރެއަށް މާފެން ނުވަތަ ރޯޒްވޯޓާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭއެއްގެ ފުލުގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށްފަހު ފުއްގަޑު ޓްރޭއަށް އޮއްސާލާފައި ހިހޫ ކުރަން ބަހައްޓާލާށެވެ. ހިހޫވުމުން ބޭނުން ނަމަ ފުރިޖަށްލާ ފިނިކޮށްލާށެވެ.

ނޯޓް: ރާނބާފަތް ކެއްކުމަށް ބޮޑު ރާނބާފަތެއް ކޮށާލުމަށްފަހު 7 ޖޯޑު ފެނުގެ ތެރެއަށް އަޅާކައްކާލާށެވެ. ރަނގަޅަށް ކެކިގަތީމައި އުނދުން ނިވާލާފައި މަތިޖަހާފައި ހިހޫވަންދެން ބަހައްޓާނީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355