twitterviber whatsapp telegramfacebookyoutube instagram
12th September 2026

ރެސިޕީ: ޓޫނާ ޕަނީނޯ

ނަބީލާ އިސްމާޢީލް
May 22, 2019

ބޭނުންވާ ތަކެތި:

  • 12 ބަނަސް
  • 2 ފިޔާ ( ކުދިކޮށް ކޮށާފައި )
  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް
  • 4 މޭޒުމަތީ ސަމުސާ ސަބުމެރިން ސޯސް
  • 2 މަސްދަޅު
  • 2/1 ސައި ސަމުސާ ލުނބޯހުތް
  • 4/1 ސައި ސަމުސާ ގިތެޔޮމިރުސް
  • 4/1 ސައި ސަމުސާ އަސޭމިރުސް
  • 100 ގ މޮޒޮރެއްލާ
  • ލޮނު ކޮޅެއް

ތައްޔަރު ކުރާނެގޮތް:

ބޮޑު ތައްޓެއްގައި ފިޔާކޮޅު އަޅާ ވަޅޯވަންދެން މޮޑެލާށެވެ. އެއަށްފަހު ލުނބޯ، އަސޭމިރުސް، ގިތެޔޮމިރުސް، ލޮނު އަޅާ އެއްކޮށްލުމަށްފަހު މަސްދަޅު، މަޔޮނައިސް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ބަނަސް މެދުން ފަޅުކޮށްލުމަށްފަހު ސަބުމެރިން ސޯސް ބަނަހުގައި ހާކާށެެވެ. އެއަށްފަހު މަސްގަނޑު ބަަނަސް ތެރެއަށް އެޅުމަށްފަހު މައްޗަށް މޮޒޮރެއްލާ އަޅާށެވެ. އެއަށްފަހު އަވަނުގައި 2 މިނެޓް ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293