twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރެސިޕީ: ބާބަކިއު ޗިކަން ޕިއްޒާ

ޚަދީޖާ އާދަމް
May 25, 2019

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ކުކުޅު މަސް ( ކުޑަކޮށް ތެލުލާފަ މަސްތައް ކުދިކުދިކޮށް ވަކިކޮށްލާފަ)
  • 4/1 ޖޯޑު ބާބަކިއު ސޯސް
  • 1 ޖޯޑު މޮޒޮރެއްލާ
  • 1 ކުޑަ ފިޔާ (ކޮށާފަ)
  • 1 ޕިއްޒާ ފުށްގަނޑު

ތައްޔާރު ކުރާނެ ގޮތް:

ކުކުޅު މަސްކޮޅާއި ސަމުސަލެއްގެ ބާބަކިއު ސޯސް އެއްކޮށްލުމަށްފަހު، ޕިއްޒާ ފުށްގަނޑުގައި ބާކީ ހުރި ސޯސްކޮޅު ހާކާލާށެވެ. އެއަށްފަހު ކުކުޅު މަސްކޮޅު އަތުރާލުމަށްފަހު މައްޗަށް މޮޒޮރެއްލާ އަދި ފިޔާ އެޅުމަށްފަހު 180 ސެލްސިއަސްގައި 20-15 މިނެޓް ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355