- ހދ އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ބައިވެރިވެވޭ
- ޗެމްޕިއަން ޓީމަށް 20،000ރ ހުށަހެޅިފައިވޭ
ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު އަދި ފޯރިގަދަ ހިރަފުސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ހދ އަތޮޅުގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް އިންތިޒާމްކުރަނީ ހިރަފުސް ފުޓްބޯޅަ ޓީމެވެ.
މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ 12 ވަނަ އަހަރެވެ. ހިރަފުސް ދަނޑުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000/- ރުފިޔާގެ ފައިސާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000/- ރުފިޔާ ހުށަހެޅިފައިވެ އެވެ.
ޖޫންމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވައިދު ސޭމް ސްޕޯޓްސް ލިބެން ހުންނާނެ އެވެ. އަދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖޫންމަހުގެ 10 ވަނަ ދުވަސް ކަމަށް ހިރަފުހުން މައުލޫމާތުދެ އެވެ.
މިއީ ކުޅުދުއްފުށީގައި ޤަވާއިދުން ކޮންމެއަހަރަކު ބާއްވާ 11 އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަގުލަސް ކުލަބެވެ.