twitterviber whatsapp telegramfacebookyoutube instagram
24th May 2026

ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ ބީޗް ހޭންޑްބޯލްގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
May 27, 2019

ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ހޭންޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ބާއްވާ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބާއްވާ މި ބީޗް ހޭންޑްބޯލް މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓީމް ލިސްޓްލުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 10 ވަނަދުވަސް ކަމަށްވާއިރު ޓީމް ލިސްޓް އަދި މުބާރާތުގެ ގަވައިދު ލިބެން ހުންނާނީ ޑަބްލިއު ނިޓް އިންނެވެ.

މުބާރާތް ފެށުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު ހަމަޖެހިފައިވާއިރު ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބީޗް ހޭންޑްބޯލް މުބާރާތެށް ބާއްވާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355