twitterviber whatsapp telegramfacebookyoutube instagram
18th May 2024

އިންޑިޔާގެ އެހީ: 11 އެމްބިއުލާންސް އާއި 61 ޖިމް ސާމާނު

May 30, 2019
1

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް 11 އެމްބިއުލާންސް ގަތުމަށާއި 61 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ގަތުމަށް 15 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ކުރިއެރުވުމަށް އިންޑިއާ އިން 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާ ހަމަޖައްސައި ދިން ކަމަށެވެ. އެމްބިއުލާންސް ގަތުމަށް އެހީ ދިނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލައި ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށެވެ.

ރާއްޖޭގެ 61 ރަށެއްގެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާ އިން ހަމަޖައްސައިދިނީ އަށް މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ އަމާޒަކީ ދުޅަހެޔޮ އާދަތައް އަށަގެންނެވުމުގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރަން އެހީވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުވާކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355