twitterviber whatsapp telegramfacebookyoutube instagram
30th March 2026

ހިރަފުސް ކަޕް: މިއަހަރު ފޯރިގަދަވާނެ، ފަސް ރަށަކުން 9 ޓީމެއް ވާދަކުރޭ

އަބްދުލް ވާހިދު ޙަސަން
Jun 17, 2019

ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު އަދި ފޯރިގަދަ ފުޓްބޯޅަ މުބާރާތް، ހިރަފުސް ކަޕުގައި މިއަހަރު ފަސް ރަށަކުން ނުވަ ޓީމެއް ބައިވެރިވެއްޖެ އެވެ.

ޖޫން 29 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ޓީމުތަކުގެ އިތުރުން ހަނިމާދޫ، ހިރިމަރަދޫ، ނޮޅިވަރަމް އަދި ނޮޅިވަރަންފަރެވެ.

ހިރަފުސް ކަޕްގައި ބައިވެރިވެފައިވާ ޓީމުތައް:

  • ކުލަބު ތިލަދުންމަތި/ނޮޅިވަރަމް
  • ލައިކަން އެފްސީ/ނޮޅިވަރަންފަރު
  • ސާއްބަ އެކުވެރި ކުލަބު/ހަނިމާދޫ
  • ހިރިމަރަދޫ އިންޓަރގްރިޓީ ޔޫތް އެސޯސިއޭޝަން (ހިޔާ)/ހިރިމަރަދޫ
  • ބަސީރު ސްޕޯޓްސް އެކަޑަމީ/ކުޅުދުއްފުށި
  • ކުޅުދުއްފުށީ އެކުވެރިންގެ ދިރުން
  • ކުލަބު ކޮރަލްސް/ކުޅުދުއްފުށި
  • ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)
  • ޒިގްޒެގް ފޯ ޔޫތް ލިންކޭޖް/ކުޅުދުއްފުށި

މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއީ މިހާ ގިނަ އަދަދަކަށް ކުލަބުތަކުން ބައިވެރިވި ފަހަރެވެ.މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ 12 ވަނަ އަހަރެވެ. ހިރަފުސް ދަނޑުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000/- ރުފިޔާގެ ފައިސާ ހުށަހެޅިފައިވާއިރު ރަނަރަޕް ޓީމަށް 5000/- ރުފިޔާ ހުށަހެޅިފައިވެ އެވެ.

މިއީ ކުޅުދުއްފުށީގައި ޤަވާއިދުން ކޮންމެއަހަރަކު ބާއްވާ 11 އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަގުލަސް ކުލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355