ދެކުނު އެމެރިކާގެ ގައުމުތަކުގެ އެންމެ ޝަރަފްވެރި މުބާރާތްކަމުގައިވާ ކޮޕާ އެމެރިކާގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފި އެވެ.
ރޭ ފަތިހު ކުޅެވުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބްރެޒިލް މޮޅުވެފައިވަނީ އާޖެންޓީނާއާ ބައްދަލުކޮށް 2-0 އިންނެވެ. ބްރެޒިލްގެ ފުރަތަމަ ގޯލް މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޖަހައިދިނީ މެންޗެސްޓަރ ސިޓީގެ ތަރި ގެބްރިއަލް ޖީސަސް އެވެ. ދެވަނަ ގޯލް ޖެހުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. ދެވަނަ ހާފުގައި ލިބުނު ކައުންޓަރ އެޓޭކެއްގައި ޖީސަސް ދިން ބޯޅައަކުން ގޯލް ޖެހީ ލިވަޕޫލަށް ކުޅޭ ފިރުމީނިއޯ އެވެ.
އާޖެންޓީނާގެ މި ބައްޔާއެކު ގައުމީޓީމާއެކު މެސީ ތައްޓެއްހޯދުމަށް ކުރަމުންދިޔަ މަސައްކަތް އަނެއްކާވެސް މިވަނީ ނާކާމިޔާބު ވެފައެވެ.
ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އަދި އުރުގުއޭ އެވެ.