twitterviber whatsapp telegramfacebookyoutube instagram
12th May 2026

މަދިރި ކޮންޓްރޯލްކުރަން އަނެއްކާވެސް ފޮގް ކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Jul 28, 2019
2

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލްކުރުމަށް ފޮގް ކުރަން ފަށައިފި އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ މަދިރިއަށް ފޮގްކުރުމަށް ހަމަޖެހިފައިވަނީ މި ހަފްތާ، ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކަމަށެވެ.

މަދިރީގެ ޒައިރިޔާއިން ފެތުރޭ ޑެންގީ ހުމާއި ޗިކަންގުންޏާ މިއަހަރު ފެބްރުއަރީމަހުން ފެށިގެން ކުޅުދުއްފުށީގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މަދިރި ކޮންޓްރޯލްކުރަން ޑެންގީ ޓާސްކް ފޯސް އިން މީގެ ކުރިންވެސް ވަނީ ފޮގްކޮށް، ރަށުތެރެ ސާފުކުރުމުގެ އެކި ހަރަކާތް ކުރިއަށްގެންގޮސްފަ އެވެ.

ޑެންގީ ޓާސްކް ފޯހާއި ކުޅުދުއްފުށީ ޕަބްލިކް ހެލްތް ގުޅިގެން މި ހަފްތާ ކޮންމެ ދުވަހަކު ހެނދުނު 6 ޖަހާއިރުން ފެށިގެން ފޮގް ކުރާނެ އެވެ. އަދި ހަވީރު 5:00 ފެށިގެން ފޮގް ކުރުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާލުވިއެވެ.

ޑެންގީ ޓާސްކް ފޯހުން އިސްނަގައިގެން މަދިރި ކޮންޓްރޯލް ކުރުމަށް މި ހަފްތާތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޕަބްލިކް ވޯކްސް އާއި ގުޅިގެން މަގުތަކުގެ ކާނުތައް ސާފުކުރުން، ރޯހައުސްތަކުގެ ފެންވަޅުތަކަށް މަސްލުމުގެ އިތުރުން ރަށު ސްކޫލުތަކުގެ ބެލެނިވެރިންނަށް ޑެންގީ އާއި ބެހޭ މައުލޫމާތު ދިނުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355