twitterviber whatsapp telegramfacebookyoutube instagram
4th April 2026

މިދިޔަ މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ތިން ގުނަ އިތުރު

ޚަދީޖާ އާދަމް
May 15, 2022

މާޗު މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން އިތުރުވާތީ ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭ އިން އިލްތިމާސްކުރީ މިދިޔަ މަހުގެ 27 ގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ގިނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޑެންގީ ޖެހިގެން 92 މީހަކު ރިޕޯޓް ކޮށްފައެވެ. މާޗު މަހު ބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ 26 މީހެކެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން، ހަށިގަނޑު ރަނގަޅަށް ނިވައިވާނެ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355