twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ނެއްލައިދޫގައި ޑެންގީ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 31, 2023

ހދ ނެއްލައިދޫގައި ޑެންގީ ހުން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި އެވެ.

ނެއްލައިދޫ ކައުންސިލްގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހުސެއިން ރިޔާޒް ވިދާޅުވީ، މިމަހުގެ މިހާތަނަށް ޑެންގީގެ 11 ކޭސް ރިޕޯޓްކޮށްފައިވާއިރު އެކްޓިވް 6 ކޭސް އެބަހުރި ކަމަށެވެ.

އެކަމަކު އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ފަރާތެއް ނެތް ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. އޭނާ ވިދާޅުވީ މީގެ ދޮޅު މަހެއްހާ ދުވަހުގެ ކުރިން ޑެންގީގެ އައުޓް ބްރޭކެއް އައި ކަމަށާއި އަލުން ކޭސްތައް އިތުރުވާން ފަށާފަ މިވަނީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ކަމަށެވެ.

އޭރު އައުޓްބްރޭކް ކޮންޓްރޯލްކުރަން ރަށު ތެރެ ފޮގްވެސް ކުރި އެވެ. އަލުން ކޭސްތައް ފެންނަށް ފެށީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އެހެންވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މަރުކަޒުން އިލްތިމާސްކުރެ އެވެ.

މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދުނު ކަންކަން

- މަދިރި އުފެދޭ ތަންތަން ނައްތާލުން.
-މަދިރި ހެފުމުން ރައްކާތެރިވުން.
-ބޭނުން ކޮށްފައި ހުންނަ ދަޅު،ފުޅި، ކޮތަޅު ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
-ފެނުގައި ގަސް ހައްދާފައިވާ ތަކެތި ސާފުކޮށް ފެން ބަދަލުކުރުން.
-މަދިރި ދުންދަނޑި، ލޯޝަން، ރިޕެލަންޓް ފަދަ ތަކެތި މަދިރިން ރައްކާތެރިވުމަށް ބޭނުންކުރުން.
-ވާރޭ ފެންތާނގީ/ އޯވާހެޑް ތާނގި ފަދަ ތަކެތި މަދިރި ދާ ޖަހައި ރަނގަޅަށް މަތިޖެހުން.
-އާންމުކޮށް ބޭނުންނުކުރާ ތެލި، ތަށި އަދި ބާލިދީ ފަދަ ތަކެތި ފެން ހަރުނުލާ ގޮތަށް ބަންޑުން ޖަހާފައި ބެހެއްޓުން.
-ބޮނބި ފާކުރުމަށް ބޭނުންކުރާ ތަކެތީގައި މަދިރި އާލާނުވާނެހެން މަތިޖަހާ ރައްކާތެރިކުރުން.
- 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ލަސްނުކޮށް ޞިއްހީ ފަރުވާ ހޯދުން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355