twitterviber whatsapp telegramfacebookyoutube instagram
7th April 2026

"ލީނާ" އަންނަ މަހު ތިލަދެކުނު ސިނަމާއަށް

ނަބީލާ އިސްމާޢީލް
Jul 28, 2019

މަސްހޫރު ފިލްމީތަރި އަބްދުﷲ މުއާޒްގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ލީނާ" އަންނަ މަހު 1 އަދި 2 ވަނަ ދުވަހު ތިލަދެކުނު ސިނަމާގައި އަޅުވަން ނިންމާ ނަންނޯޓް ކުރުމަށް ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ހިގާފައިވާ މަރުގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް އަސަރުގަދަ ވާހަކައަކަށް ކުޅެފައިވާ ފިލްމެކެވެ.

ކޭއޯއަށް މައުލޫމާތުދެމުން ކުޅުދުއްފުށީގައި ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭފަރާތަކުން ހާމަކުރިގޮތުގައި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ނަންނޯޓް ކުރުން މިހާރު ހުޅުވާލެވިފައިވާއިރު، ޓިކެޓް ވިކުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ތިލަދެކުނު ސިނަމާއިންނެވެ.

ޓިކެޓެއްގެ އަގަކީ 100 ރުފިޔާ، އިތުރު މައުލޫމާތު ހޯދުމަށާއި ނަންނޯޓް ކުރުމަށް 9955020 / 9944032 ނަންބަރާއި ގުޅުމަށް ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭ ފަރާތުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355