twitterviber whatsapp telegramfacebookyoutube instagram
19th March 2024

ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިރާގު އަދި އޭއީސީ ކާމިޔާބުކޮށްފި

ނަބީލާ އިސްމާޢީލް
Jul 29, 2019
1

ޑަބްލިއު ސްޕޯޓްސް އެކަޑަމީން އާއި ބާސްކެޓްބޯލް އެސޯސިއޭޝަން އާއި ގުޅިގެން އިންތިޒާމްކުރި ދިރާގު ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ބާސްކެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިރާގު އަދި އެއީސީ އެސްއާރުސީ ކާމިޔާބުކޮށްފިއެވެ.

ފިރިހެންބައިން ދިރާގު ޗެމްޕިއަންކަން ހޯދައިފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން އެސްޓީއޯ އެސްއާރުސީ ބަލިކޮށްގެންނެވެ. އެސްޓީއޯ ފައިނަލަށް އައިސްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލްގައި އެސްޓީއޯ މައްޗަށް ދިރާގުން ކުރިހޯދައިފައިމިވަނީ 48 ޕޮއިންޓް 70 ޕޮއިންޓްގެ ތަފާތަކުންނެވެ. އެސްޓީއޯ އަދި ދިރާގު ޓީމްގައިވެސް ނެޝަނަލް ލެވަލްގެ ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގު ޓީމްގެ އަހުމަދު އަލީ މުސްތަފާ، ކަސްޓަމްސް އާރުސީގެ މަފާޒް މުހައްމަދު، އޭއީސީ އާރުސީގެ އިމްރާން މުހައްމަދުގެ އިތުރުން އެސްޓީއޯ ޓީމްގެ އަލީ ފަޒްލީގެ އާއީ އިސްމާއިލް ފަރުހާނެވެ.

އަންހެން ބައިން ދިރާގާ އޭއީސީ އެސްއާރުސީ ބައްދަލްކޮށް، އޭއީސީ މުބާރާތް ކާމިއާބުކޮށްފައިވަނީ 38 ޕޮއިންޓް 40 ޕޮއިންޓުން މޮޅުވެގެނެވެ. ދިރާގު އަންހެން ޓީމްގައި ނެޝަނަލް ލެވަލްގެ ކުޅުންތެރިންވެސް ކުޅެފައި ވާކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގު ޓީމްގެ ފާތިމަތު ފައިރޫޒާ، އެޑީކޭ ޓީމްގެ މުޒުނާ ހަސަން، އެއީސީ ޓީމްގެ މިންނާ ހަސަން އާއި ސާދުނާ އިބްރާހިމްގެ އިތުރުން ކޭއާރު އެޗްގެ ޖުވައިރިޔާ މުހައްމަދެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން އިންޓަރ އޮފީސް ބާސްކެޓް މުބާރާތް ކުރިއަށް ގެންދިޔަ މިއީ ދެވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355