twitterviber whatsapp telegramfacebookyoutube instagram
29th March 2024

"ޖަޒީރާ ރާއްޖެ–މަގޭ ރާއްޖެ" ޖަލްސާގައި ހދ ގެ ވާހަކަ ނައުމުން ޔާސިރު ހިތްހަމަނުޖެހުންފާޅުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 30, 2019
11

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހދ އަތޮޅުގައި ފަތުރުވެރިންކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ އެއްވެސް ޕްލޭނެއް ހާމަކޮށްފައިނުވާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މީހުން ދިރިއުޅޭ ބިން ބޮޑެތި ރަށްރަށުގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން ނިންމާ މިކަން ހާމަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" މިނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ..

އެގޮތުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބިން ދޫކުރުމަށް ނިންމި 11 ރަށެއް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.

އެ ޖަލްސާގައި ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން އެއްވެސް ވަރަކަށް ހާމަކޮށްފައިނުވެ އެވެ. އެކަމާ ހިތްހަމަނުޖެހި މެމްބަރު ޔާސިރު ރޭ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ޓޫރިޒަމް ސެކްޓަރގައި ސަރުކާރުތަކުން އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ހދ އަތޮޅަށްކަން ފާހަގަކުރައްވައި ރޭ މެމްބަރު ޔާސިރު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ މިރެޔަކީ ހިތާމަވެރި ރެޔެއްކަމަށާއި ހދ އަތޮޅުގެ އެއްވެސް ހިލަމެއް ނެތި ހަފުލާ ނިމިގެން ދިޔުމުން ހިތާމަކުރާ ކަމަށެވެ.

"ވަރަށްވެސް ފުރިހަމަ އުންމީދީ ބަސްތަކެއް، ނުވަންދެން ވާނެކަމަށް ޔަގީންކޮށްގެން މިހުންނަނީ. އެހެންނަމަވެސް މިރެޔަކީ ވަރަށް ހިތާމަވެރި ރެޔެއް. ޓޫރިޒަމް ސެކްޓަރގައި އެންމެ ބޮޑަށް އިހުމާލުވެފައިވާ ހދ ގެ އެއްވެސް ހިލަމެއް ނެތި ހަފުލާ ނިމިގެން ދިޔުމުން ހިތާމަކުރަން. މިހާލަތުން ވީލެން ޖެހޭ." ޔާސިރުގެ ޓްވީޓްގައިވެ އެވެ.

ސަރުކާރުތަކުން ފަތުރުވެރިކަމުގައި އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ހދ އަތޮޅުގެ ރައްޔިތުންނަށެވެ. އައްޑޫ ނަގާފަ އެންމެ ބޮޑު އާބާދީއެއް އޮންނަ ހދ އަތޮޅުގައި މިހާތަނަށް ހުޅުވިފައިވަނީ އެންމެ ރިސޯޓެކެވެ. ފުރިހަމައަށް ނުހަދައި މިދިޔަ އަހަރު އަވަސް އަރުވާލައިފައި ހުޅުވި ހޮނޑާފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355