twitterviber whatsapp telegramfacebookyoutube instagram
17th November 2019

ލޭޑީސް ފިންގަރ: ސިއްހީ އެތައްފައިދާއެއް އެކުލެވިގެންވޭ

ނަބީލާ އިސްމާޢީލް
Aug 14, 2019

ލޭޑީސް ފިންގަރ އަކީ ވަރަށް ފަސޭހައިން ގޭގައިވެސް ހައްދާލެވޭ، ރާއްޖެގެ ބާޒާރުންވެސް ފަސޭހަައިންލިބޭ ވަރަށް ގިނަގުނަ ފައިދާ އެކުލެވިގެންވާ ތަރުކާރީގެ ބާވަތެކެވެ.

ސިއްހަތަށް ފައިދާ ހުރި ކޮންމެ އެއްޗަކީ އަނގަޔަށް މީރުއެޗަކަށް ނުވެދާނެއެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު ގިނަ ބަޔަކު ދުވަހުގެ ޑައެޓްގައި މޭވާއާއި ތަރުކާރީ ކުރިއަށް ވުރެން ގިނައިން ބޭނުންކުރާކަމުގެ އެއް ހެއްކަކަށް ވެގެން ދާނީ ބާޒާރުން މިތަކެތި ލިބެން ހުރުމެވެ.

ލޭޑީސް ފިންގަރ އަކީ ކެލޮރީގެ އަދަދު މަދު ޕޮޓޭސިއަމް، ވިޓަމިން ބީ، ވިޓަމިން ސީ، ފޯލިކް އެސިޑް އަދި ކެލްސިއަމް ގެ މާއްދާތަށް ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީއެކެވެ. އެހެން ކަމުން މި ތަރުކާރީ ވެފައިވަނީ ސިއްހީ އެތައް ފައިދާތަކެއް ލިބޭ އެއްޗަކަށެވެ.

އެގޮތުން ހަކުރުބައްޔާއި ކިޑްނީގެ ބަލިތަކަށް ވަރަށް ރަނގަޅު ތަރުކާރީއެއްކަމުގައި މި ހިމެނެއެވެ. އާދައިގެ 8 ލޭޑީސް ފިންގަރ ގައި 3 ގުރާމް ފައިބާރ އެކުލެވިފައިވާ އިރު ފައިބަރަކީ ބަނޑުހައިވުން ލަސްކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމަށް ދުޅަހެޔޮކަން ގެނެސްދިނުމުގައި ހަށިގަނޑަށް ކޮންމެހެން ބޭނުން މާއްދާއެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވަމުންދާ ވަރަކަށް ފައިބަރު ހުންނަ ކާނާ ބޭނުންކުރުން މުހިންމެވެ. މީގައި ފައިބަރެކޭ އެއްފަދައިން އެންޓި އޮކްސިޑެންޓްވެސް ހިމެނޭތީ މިއީ ސްޓްރެސް އާއި ދެކޮޅަށް ދެވޭ ހަމަލާއެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މި ތަރުކާރީ އަކީ ކޮލެސްޓްރޯލް ދަށް ކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. ނުބައި ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ހިތުގެ ބަލިތަކެކޭ އެއްފަދައިން ހަކުރު ބަލިވެސް ވާރުތަ ކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލޭޑީސް ފިންގަރ ގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓާއި ފައިބަރ އެކުލެވޭތީ މިއަކީ މި ދެ ބަލިން ވެސް ދިފާއު ވުމަށް އެހީވެދޭ އެޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355