twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހިއްޗަށް ވަޑައިގަތުން ވަރަށް ފުރިހަމަ، ހުށަހެޅުން ހަމަ އެއްވަނަ!

އަބްދުލް ވާހިދު ޙަސަން
Aug 15, 2019
2

ކޮންމެ އަހަރަކުވެސް ބޮޑު އީދު ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ބޭއްވޭ ހަރަކާތަކީ ހިއްޗަށްވަޑައިގަތުމެވެ. މިއީ ކުޅުދުއްފުށީގައި ބޮޑު އީދުގެ ކުޅިވަރުތަށް ފެށުމަށް ބޭއްވޭ ފުރަތަމަ ހަރަކާތް ވެސް މެއެވެ. އެކަމަކު މިއަހަރު މިހަރަކާތް ބޭއްވިގެންގޮސްފައިމިވަނީ އިއްޔެ އެވެ.

ހިއްޗަށްވަޑައިގަތުމަކީ ކޮބައިތޯ އެވެ؟ ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް ހަތްކޮޅުނަގާބޭކަލުންނާއެކު ރަސްމީ އިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކަ އެވެ.

މިއީ ކުޅިވަރެއް ނޫނެވެ. މިއީ ރާއްޖޭގައި ރަސްކަން އޮތް އިރުވެސް ކުރިއަށްދާ ކަމެކެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ހިއްޗަށްވަޑައިގަތުމަކީ ރަމަޟާންމަހު ،22 ،24 ،26 28 މިދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައްތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ހާއްސަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުމެވެ.

މިއީ ހިއްޗަށް ވަޑައިގަތުމާ ބެހޭގޮތުން ދައްކާ އެއް ވާހަކަ އެކެވެ. ތަފާތު ދެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް މިހަރަކާތް މިހާ ހިސާބަށް އައިރު ޔަގީންވާ ކަމެއް އެބައޮތެވެ. އެއީ މިއީ ޝާހީ ހިނގާލުމެއް ކަމަށެވެ. ކުރީ ޒަމާނުގައި ރާއްޖޭގައި ހިނގަމުންދިޔަ ކަމެއް ކަމަށެވެ. ކޮންމެއަކަސް އެވާހަކަ ބާއްވާލާނަމެވެ. އިއްޔެ ހިތީގެ ވާހަކަ ދައްކާލަން ހިނގާށެވެ.

ރަށުގައި ދެ ގޮތަށް ހިއްޗަށްވަޑަތުން ކުރިއަށްގެންދެ އެވެ. އެއްގޮތަކީ ރަސްގެފާނު ފުރިހަމަ އިއްޒަތުގައި ބާރާއެކު ހަގު ބޭކަލުންނާއެކު ރަށުތެރޭ ބަލާލަން ހިންގަވާ ހިނގާލުމާއި ހިތީގެ ތެރެއިން ދެ ގައުމެއްގެ ރަސްގެފާނުން ބައްދަލުކޮށް ދައްކަވާ ރަސްމީ ވާހަކަތައް ދައްކުވައިދޭ މަންޒަރެވެ. މިތަނުން ފަހުން މި ބުނި ދެ ރަސްގެފާނުން ބައްދަލުކުރާ ހިއްޗަކީ "ފުރިހަމަ ހިއްޗެއް" ކަމަށްވެ އެވެ. އިއްޔެ ފެނިގެން އެދިޔައީ އެފަދަ ހިއްޗެކެވެ.

ދެ ގައުމެއްގެ ރަސްގެފާނުން ބައްދަލުކޮށް ރަސްމީ ވާހަކަތައް ކުރިއަށްގެންދިޔައިރު އެ ސަރަހައްދު ވަނީ ހަތިޔާރު އެޅި ހަށިފާރަވެރިންތަކުން ފުރާލާފަ އެވެ. އަދި ސެކިއުރިޓީވެސް އެހާ ވަރުގަދަވެސްމެ އެވެ. ދެ ރަސްގެފާނުގެ ބައްދަލުވުމުގައި ދެ ގައުމަށް ފައިދާވާނެ ކަންތައްތަކެއްވެސް ނިންމާ އިއުލާންކުރެވިގެންދިޔަ އެވެ. އެމަންޒަރުތައް އެހާވެސް އަސްލާ އެއްގޮތަށް ކުރީ ޒަމާނުގެ ރަހަގަނޑު ލެއްވުމަށްޓަކާ ގިނަ އަދި ބުރަ މަސައްކަތެއްކޮށްފައިވާކަން ފާހަގަކުރެވުނެވެ.

މިހަރަކާތުގައި ދެން އެންމެ ފާހަގަކުރެވުނީ ހުށައަޅައިދޭ (އެނައުންސަރު) ހުރި "ކުޅުދުއްފުށީގެ ރަން އަޑުގެ ވެރިޔާ" މުހައްމަދު ގާސިމްގެ ފުރިހަމަ ހުށަހެޅުމެވެ. އޭނާގެ ފުރިހަމަ ހުށަހަޅައިދިނުމުގެ ސަބަބުން އެ ހަރަކާތް އިތުރަށް ފުރިހަމަވެ ޝައުގުވެރިވި އެވެ. އެއްވެސް ކޮށިކަމެއް އަޅައިގަތުމެއް ނެތި ދެ ރަސްގެފާނުގެ ބައްދަލުވުމުގެ ކަންތައްތައް ކިޔައި ދެމުން ގެންދިޔައީ ކުރީ ޒަމާނާ ގުޅޭ ޝާހީ ބަސްތަކުންނެވެ. ސީރިއަސް އަދި މަޒާޖީގޮތަކަށް ވާހަކަ ދައްކަމުން ގެންދިޔައިރު ކުޅިބަލަން ތިބި އެތަކެއް ބައެއް އެކަމުގެ ތެރެއަށް "ގަންބާ ޣަރަގު" ކޮށްލީ އޭނާގެ ކުޅަދާނަ ބަސްމޮށުންތެރިކަމުންނެވެ.

މިއަހަރު ހިއްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ހުށަހެޅުންތެރިޔާ

މިހަރަކާތުގައި ދެން އެންމެ ފާހަގަކުރެވުނީ ހުށައަޅައިދޭ (އެނައުންސަރު) ހުރި "ކުޅުދުއްފުށީގެ ރަން އަޑުގެ ވެރިޔާ" މުހައްމަދު ގާސިމްގެ ފުރިހަމަ ހުށަހެޅުމެވެ. އޭނާގެ ފުރިހަމަ ހުށަހަޅައިދިނުމުގެ ސަބަބުން އެ ހަރަކާތް އިތުރަށް ފުރިހަމަވެ ޝައުގުވެރިވި އެވެ. އެއްވެސް ކޮށިކަމެއް އަޅައިގަތުމެއް ނެތި ދެ ރަސްގެފާނުގެ ބައްދަލުވުމުގެ ކަންތައްތައް ކިޔައި ދެމުން ގެންދިޔައީ ކުރީ ޒަމާނާ ގުޅޭ ޝާހީ ބަސްތަކުންނެވެ. ސީރިއަސް އަދި މަޒާޖީގޮތަކަށް ވާހަކަ ދައްކަމުން ގެންދިޔައިރު ކުޅިބަލަން ތިބި އެތަކެއް ބައެއް އެކަމުގެ ތެރެއަށް "ގަންބާ ޣަރަގު" ކޮށްލީ އޭނާގެ ކުޅަދާނަ ބަސްމޮށުންތެރިކަމުންނެވެ.

ކޮންމެ އަކަސް އިއްޔެގެ ހިއްޗަކީ ގިނަ ބަޔަކަށް ކަމުދިޔަ ހިއްޗެކެވެ. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމަ ހިއްޗަކަށް އިންޒާރުކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355