twitterviber whatsapp telegramfacebookyoutube instagram
17th March 2026

ދިރާގު ޔޫތް ލީގުގައި ބަސީރު ސްޕޯޓްސްގެ ދެ ކުޅުންތެރިޔަކު

Aug 25, 2019

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރާވައިގެން މިހާރު މާލޭގައި ކުރިއަށްދާ ދިރާގު ޔޫތު ލީގުގައި ކުޅުދުއްފުށީ، ބަސީރު އެކަޑަމީގެ ދެ ކުޅުންތެރިޔަކު ބައިވެރިވެއްޖެ އެވެ.

14 އަހަރުން ދަށުގެ މި މުބާރާތުގައި ބަސީރު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ވިކްޓަރީ ސްޕޯޓްސްއަށް ކުޅޭ ދެ ކުޅުންތެރިޔަކީ މަތީން ބަސީރާއި އަބާން މުހައްމަދެވެ.

މި ދެ ކުޅުންތެރިން މިމުބާރާތުގައި ހަތަރު މެޗެއްގައި ކުޅޭނެ އެވެ. މިރޭ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ބައްދަލުކުރާ މެޗުގައިވެސް މި ދެ ކުޅުންތެރިން ފެނިގެންދާނެ އެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީން ބުނީ އަންނަ އަހަރު ބާއްވާ މި މުބާރާތުގައި ކުޅުދުއްފުށިން ޓީމެއް ނެގުމަށް ގަސްތުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355