twitterviber whatsapp telegramfacebookyoutube instagram
28th March 2024

1200 އަށްވުރެ ގިނަ ބައިވެެރިންނާއެކު ގައުމީ ޤުރުއާން މުބާރާތް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 1, 2019

33 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ރޭ އިސްލާމީ މަރުކަޒުގައި ފަށައިފި އެވެ. ކީރިތި ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަގުސަދުގައި ގުރުއާނާބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ފެށުމުގެ ރަސްމިޔާތުގައި ވާހާކަ ދައްކަވަމުން ރައިސުލް ޖުމުހުރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ ބަޔަކަށް ވާން ވާނެކަމުގަޔާއި މި އަމާޒު ގާއިމުކުރުމަށްޓަކައި ޤުރުއާން ރިސަރޗްކޮށް މާނަ ދަސްކުރަން ޖެހޭނެކަމުގައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ރާއްޖެއަކީ ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ވީނަމަވެސް ކޮންމެ އަހަރަކު ރަމަޟާން މަހު ގިނަ އަދަދެއްގެ ޤާރީންނާއި ހާފިޡުން ގެންނަން ޖެހޭކަމުގައެވެ. ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ބޭރުން ޤާރިންނާއި ޙާފިޡުން ނުގެނެސް ވަރަށް އަވަހަށް މިކަން ހަމަޖެއްސޭނެ ކަމަށާއި އެ މަގުސަދު ހާސިލުކުރެވޭނެ ގޮތަށް މަސައްކަތްކުރުމަށް ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮވައިލައްވާ ކަމަށެވެ.

މުބާރާތުގެ ބައިވެރިންނަށް ނަސޭހަތް ތެރިވަމުން އިތުރަށް ނައިބުރައީސް ވިދާޅުވީ ތަފާތު ކުރުމެއް ނެތި ހިދުމަތްކުރުމުގެ އާދަ އަށަގެންނެވޭނީ މިއަދުގެ ކުޑަކުދިންނަށް ބޮޑެތި މީހުން އެކަން އަމަލުން ދައްކައިދީގެން ކަމަށާއި އެހެންކަމުން އެންމެންނަކީވެސް އެމީހަކު ކުރާ ކަމެއްގައި އެއްވެސް ތަފާތުކުރުމެއްނެތި ކަންކަން ކުރާ މީހަކަށް ވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355