twitterviber whatsapp telegramfacebookyoutube instagram
8th April 2026

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

Sep 12, 2019

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) ހަމަޖައްސައިފި އެވެ. އާއި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ކޮންޕަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވުމަށް އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމުގައި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.

އެ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާރޗް ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.

އެސްޓީއޯއިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355