twitterviber whatsapp telegramfacebookyoutube instagram
15th July 2026

ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފިނޭ ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތް އޮކްޓޯބަރުގައި

Sep 21, 2019

ހދ ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މިދިޔަ ތިން އަހަރުވެސް ކުރިއަށް ގެންދިޔަ ފިރިހެނުންގެ ވޮލީބޯޅާ މުބާރާތް އަންނަ އޮކްޓޯބަރު ބޭއްވުމަށް އެ ކްލަބުން ނިންމައިފި އެވެ.

އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހދ އަތޮޅުގެ ޓީމުތަކަށްވަނީ ހުޅުވާލެވިފަ އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ސެޕްޓެމްބަރު ވާ ހޯމަ ދުވަހުގެ 20:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް އެފަރާތުން އެދެ އެވެ. މިއަހަރު ވަނީ މުބާރާތުގެ ބައިވެރިވުމަށް ހުށަހަޅާ ފީ މިއަހަރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މިއަހަރު މުބާރާތުގައި ބައިވެރިވެވޭނީ 2500ރ ގެ ފީ އެއް ދައްކައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަނިމާދޫ ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7949155، 9954888 ނުވަތަ 9948845 ނަންބަރާ ގުޅުއްވުމަށް އެބްލަބުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355