twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް ކުޅުދުއްފުށީގައި ކޭމްޕެއް ކުރިއަށްގެންދަނީ

ނަބީލާ އިސްމާޢީލް
Oct 1, 2019

މި މަހު 1 ން 8 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ސީނިއާރ އަންހެން ބާސްކެޓް ބޯލް ޓީމުން ކުޅުދުއްފުށީގައި ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެވެ.

މި ކޭމްޕަކީ މި އަހަރު ޑިސެމްބަރުމަހު ނޭޕާލްގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްގެންދާ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ވިސާމް ރަޝީދު ކޭއޯއަށް މައުލޫމާތު ދެއްމުން ވިދާޅުވި އެވެ.

މި ޕުރޮގުރާމްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ބާސްކެޓްބޯލް ޓުރެއިނިންގެ އިތުރުން ފިޒިކަލް ފިޓްނެސް ޓްރޭނިންގ އެވެ. އަދި ކުޅުދުއްފުށީގައި ތިބި އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިންނަށް ގައުމީ ޓީމްއާ އެކު ބައިވެރިވެ ޕުރެކްޓިސް މެޗްތައް ކުޅުމުގެ ފުރުސަތު އޮންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީގައި މި ކޭމްޕް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅޭ ޑަބްލިއު ސްޕޯޓްސް އެކަޑަމީން މައުލޫމާތު ދޭގޮތުގައި މި މަހު ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ 14 ވަނަ ގައުމީ ބާސްކެޓް ބޯޅަ ލީގުގައި ވެސް ކުޅުދުއްފުށީ ފިރިހެން ޓީމެއް ބައިވެރިވާގޮތަށް ނިންމާފައިވާކަމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރުގައެވެ. އަދި މި މުބާރާތުގައި ކުޅުދުފުށީން ބައިވެރިވާން ހަމަޖެހިފައިވާ ޓީމްގެ ފަރިތަކުރުން ތަކުގައި ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މިއަދު އައުމަށް ހަމަޖެހިފައިވާ އަންހެން ގައުމީ ބާސްކެޓް ބޯލް ޓީމަށް މަރުހަބާ ކިއުމަށް ވީހާވެސް ގިނަ ފަރާތަކުން ދިއުމަކީ މި ކަން އިންތިޒާމް ކުރާފަރާތް ތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355