ކުރިނބީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާއެވެ.
ހދ.ކުރިނބިގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާއި މިއަދު ވަނީ ހަވާލުކޮށްފައި pic.twitter.com/wBGjqrYZZq
— Ministry of National Planning and Infrastructure (@MoNPImv) October 1, 2019
މި މަޝްރޫއަށް ޖުމްލަ 19،757،340.00 (ނަވާރަ މިލިއަން ހަތް ލައްކަ ފަންސާސް ހަތް ހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 685 ދުވަސްތެރޭ ނިންމާގޮތަށެވެ.