twitterviber whatsapp telegramfacebookyoutube instagram
12th September 2026

ހަކުރު ގިނަ ބުއިންތައް އިސްތިހާރު ކުރުން ސިންގަޕޫރުގައި މަނާކޮށްފި

ޚަދީޖާ އާދަމް
Oct 12, 2019

ހަކުރު ބައްޔާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ސިންގަޕޫރުގައި ހަކުރު ގިނަ ބުއިންތައް އިސްތިހާރު ކުރުން މަނާކޮށް އެފަދަ ބުއިން ވިއްކުމަށް ވަކި ގަވައިދެއް ކަނޑައަޅައިފި އެވެ.

މިި މަހު 10 ވަނަ ދުވަހު މިކަން އިއުލާންކުރަމުން އެގައުމުގެ ހެލްތު މިނިސްޓްރީގެ ސީނިއާރ ސްޓޭޓް މިނިސްޓަރު އެޑްވިން ޓޮންގް ވިދާޅުވީ މިއީ އެ ގައުމުގެ މީހުން ހަކުރު ބައްޔަށް އިތުރަށް އަހުލުވެރި ކުރުވާ ހަކުރު މަދު ބުއިންތައް ބޭނުން ކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ފެށިކަމެއްކަމަށެވެ.

މިހާރު އެ ގައުމުގައި ބުއިންތަކުގައި ހާއްސަ ލޭބަލެއް ބޭނުން ކުރަން ޖެހެއެވެ. އެއީ އެ ބުއިމަކީ ހަކުރު ގިނަ އަދި ސިއްހަތަށް ގެއްލުން ހުރި ނުވަތަ ހަކުރު ނުހިމެނޭ ސިއްހަތަށް ފައިދާ ހުރި ބުއިމެއްކަން އަންގައި ހަރުކުރަން ޖެހޭ ލޭބަލެކެވެ. އެގޮތުން ދަޅު، ފުޅި އަދި ޕެކެޓުގައި ހުންނަ މިފަދަ ބުއިންތަކުގައި މި ލޭބަލް ހަރުކުރަން ޖެހެއެވެ.

މިފަދަ ލޭބަލްތައް މިހާރުވެސް 30 ވުރެ ގިނަ ގައުމުތަކުގައި ދަނީ ބޭނުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293