twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބީޗް ސްޕޯޓްސް ފެސްޓިވަލެއް، ބައިވެރިވުމަށް ހުޅުވާލައިފި

• މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް
• މި ފެސްޓިވަލްގެ ތެރެއިން އެއާރ ބެޑްމިންޓަން ރާއްޖެއަށް ތައާރަފްކުރެވޭނެ

ނަބީލާ އިސްމާޢީލް
Oct 13, 2019
2

ޑަބުލިއު ސްޕޯޓްސް އެކަޑަމީ(ޑަބުލިއުއެސްއޭ) ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށް، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފެސްޓިވަލްގެ މެއިން ސްޕޮންސަރަކީ "ބާދުޝާހް" އެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ކުޅުދުއްފުށީ ކައުންސިލް އާއި ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ މި ޕެސްޓިވަލް އޮންނާނީ ނޮވެމްބަރު 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

މި ފެސްޓިވަލްގައި ކުޅޭ 5 ކުޅިވަރަކީ:

  • އެއާރ ބެޑްމިންޓަން
  • ބީޗް ހޭޑްބޯލް
  • ބީޗް ނެޓްބޯލް
  • ތްރީ އޮން ތްރީ ބާސްކެޓް ބޯލް
  • ބީޗް ވޮލީ

ޖުމްލަ ފަސް ގޭމް އާއެކު ރާއްޖޭގައި ވެސް އަލަށް ބާއްވަން ހަމަޖެހިފައިވާ މި ފެސްޓިވަލްގެ މަގުސަދަކީ ބީޗް ފެސްޓިވަލްސް ކުރިއެރުވުން ކަމުގައި މި ކަން އިންތިޒާމްކުރާ ފަރާތުން ހާމަކުރެ އެވެ. އަދި މި ފެސްޓިވަލްގެ ތެރެއިން ތައާރަފް ކުރާ އެއާރ ބެޑްމިންޓަނަކީ ވެސް ރާއްޖޭގައި އަލަށް ކުޅެވޭ ކުޅިވަރެކެވެ.

މި ފެސްޓިވަލުގައި އޮންނަ ސީނިއަރ ވިމެން ކެޓަގަރީގެ ތެރެއިން ބީޗް ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމްއަށް މާލޭގައި އޮންނަ ރެޑްބުލް ސްވިޓްޗް އަޕް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ގޭމް ގައި ބައިވެރިވެވޭނީ ގިނަ ވެގެން 12 ޓީމަށެވެ.

3 އޮން 3 ބާސްކެޓް ޗެލެންޖުގައި ޖުމްލަ 3 ކެޓަގަރީއެއް އެކުލެވިފައި ވެއެވެ. އެއީ ސީނިއަރ މެން ގެ އިތުރުން އަންޑަރ 14 ބޯއީސް އަދި އަންޑަރ 14 ގާލްސް އެވެ . މި ކޮންމެ ކެޓަގަރީއަކުން ވެސް ބައިވެރިވެވޭނީ ޖުމްލަ 8 ޓީމެވެ.

ސީނިއަރ އަންހެން އަދި ފިރިހެން ބީޗް ހޭންޑް ބޯލްގައި ކޮންމެ ކެޓަގަރީ އަކުން ބައިވެރިވެވޭނީ 16 ޓީމަށެވެ. ބީޗް ވޮލީ ބޯލް ގޭމްސް ހުޅުވާލެވިފައި ވަނީ ހަމަ އެކަނި ސީނިއަރ މެންސް އަށެވެ. ވޮލީގައި ބައިވެރި ވެވޭނީ ޖުމްލަ 12 ޓީމަށެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވައިދު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުން ލިބެން ހުނާނެ ކަމަށެވެ. އަދި މި އެއްވެސް ކުޅިވަރެއްގައި ބައިވެރިވުމަށް ފީއެއް ނުނަގާނެ ކަމަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލްގައި ބިދޭސީނަށްވެސް ބައިވެރިވެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355