ހދ ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ކުރިނބީގައި ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންގެންދަވައި އަފްރާހް އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި އެވެ.
ކުރިނބީ އެމްޑީޕީ ޖަގަހާގައި އަފްރާހް ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ކުރިނބީ ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އާއި އެމްޑީޕީގެ އިސްބައެއް ފަރާތްތަކުން ބައިވެރިވެލެއްވި އެވެ.
އަފްރާހް ފާހަގަކުރެވިފައިވަނީ ކުރިނބީގައި ޕީޕީއެމްގައި އެންމެ އިސްކޮށް އުޅޭ ތަނބެއްގެ ގޮތުގައި އެވެ. ފާއިތުވި ތިން ދައުރުގައިވެސް ކައުންސިލަރު އިންތިހާބު ކާމިޔާބުކޮށްފައިވާއިރު އެންމެ ފުރަތަމަ ކައުންސިލް އިންތިހާބުކުރެއްވީ ޑީއާރުފީގެ ޓިކެޓެއްގައި އެވެ.
ދެވަނަ ދައުރާއި ތިންވަނަ ދައުރުގައި އަފްރާހް ކައުންސިލް ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައިގެން ވަރަށް ފުރިހަމަ އަގުލަބިއްޔަތާއެކު އެވެ. އޭނާ ވަނީ ފުރަތަމަ ދައުރުގައި އާއި ތިންވަނަ ދައުރުގައި ކައުންސިލްގެ ރައީސްކަން ކުރައްވާފަ އެވެ.
އަފްރާހް އެމްޑީޕީއަށް ސޮއިކުރުމާއެކު، ތިން މެންބަރުން ހިމެނޭ ކުރިނބީ ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފަ އެވެ. މިހާރު ކުރިނބީ ކައުންސިލްގެ ނައިބު ރައީސް ފިޔަވާ ދެން ތިއްބެވި ދެބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.
އަފްރާޙް އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު މިރޭ ވާހަކަދައްކަވަމުން ވިދާޅުވީ، އެމްޑީޕީއާއި ގުޅުނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހެޔޮހިތުން ބަލައިގަނުމުގެ ގޮތުން ކަމަށެވެ. އަދި މި ނިންމެވުމަކީ ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަފްރާހް އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެޕާޓީއަށް ތާއިދުކުރާ ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.