twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަންނަ އަހަރުގެ ބަޖެޓް މި މަހު މަޖިލީހަށް ހުށައަޅަނީ

ނަބީލާ އިސްމާޢީލް
Oct 13, 2019

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިމަހު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ދައުލަތުގެ އެކި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ބައްދަލުކޮށް ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވައި އަންނަ އަހަރަށް ބޭނުންވާ ބަޖެޓާއިގުޅޭ މައުލޫމާތުތައް އޮޅުންފިލުވާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31 ކަމަށްވާއިރު މިހާރު ކުރިއަށްދަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި އެވެ.

ދައުލަތުގެ ބަޖެޓްގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރައްވަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ފިނޭންސް މިނިސްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައްދަލުކުރައްވައި ބަޖެޓްގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355