twitterviber whatsapp telegramfacebookyoutube instagram
13th August 2020

އަޔުޝްމާން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަނީ

ޚަދީޖާ އާދަމް
Oct 14, 2019

ތަފާތު ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން އަޔުޝްމާން ކުރާނާ ފިލްމީ މަސައްކަތުން ބްރޭކެއް ނަގަން ނިންމާފައިވާކަމަށް ބުނެފި އެވެ.

ބްރޭކު ނަގަން ނިންމީ އާއިލާއެކު ވަގުތު ހޭދަކުރުމަށް ކަމަށް އަޔުޝްމާން ބުނެފައިވެއެވެ.

މި އަހަރު މިހާތަނަށް އަޔުޝްމާން ގެ 2 ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައިވާއިރު އެ ދެ ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ލިބިގެން ދިޔަ ދެ ފިލްމެކެވެ. ހާއްސަކޮށް މިދިޔަ މަހު ރިލީޒްކުރި ޑްރީމް ގާރލް 100 ކްރޯޑް ކްލަބުންވެސް ޖާގަ ހޯދާފައިވާ ފިލްމެކެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމު ބާލާ މަންމަ މަހު ރިލީޒް ކުރާނެއެވެ.

ބާލާގެ ޓްރެއިލާ--

އަންނަ އަހަރު މާރޗުމަހުވެސް އަޔުޝްމާންގެ ފިލްމެއް ބެލުންތެރިންނަށް ފެނިގެން ދާނެއެވެ. އަޔުޝްމާން ބުނީ ބްރޭކު ނަގައިގެން ހުންނަ ދުވަސް ވަރު މިހާރު ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ސްކްރިޕްޓް ދަސްކުރަމުން ދާނެކަމަށެވެ. އަދި އިތުރު ޕްރޮޖެކެއް ނުނަގާނެ ކަމަށާއި ޕްރޮޖެކްޓުތައް އަތުން ދިޔަސް މައްސަލައެއް ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355