twitterviber whatsapp telegramfacebookyoutube instagram
1st May 2026

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބައިވެރިވުމަށް ކުޅުދުއްފުށީ ޓީމް ފުރައިފި

ޚަދީޖާ އާދަމް
Oct 17, 2019

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއެޝާނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްގެންދާ 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ޓީމު މިއަދު މާލެ ފުރައިފި އެވެ.

މި މުބާރާތް މި މަހު 15 ގައި ފަށާފައިވާއިރު ކުޅުދުއްފުށީ ޓީމު ގެ ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރުއެވެ. ކުޅުދުއްފުށީ ޓީމު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޑަބްލިއު ސްޕޯޓް އެކަޑެމީންނެވެ.

އެ އެކަޑެމީން ބުނީ ކުޅުދުއްފުށީ ޓީމުގައި ހިމެނޭނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންކަމަށާއި ރަށުން 8 ކުޅުންތެރިން މުބާރާތައް ފުރުމަށް ހަމަޖެހިފައިވާއިރު މާލެއިން 4 ކުޅުންތެރިން ޓީމާއި ގުޅޭނެ ކަމަށެވެ.

މީގެ އިތުުރުން މުބާރާތުގައި ބައިވެރުމަށާއި ޓީމަށް ކުޅުދުއްފުށީ ކައުންސިލުން ވެދިން އެހީތެރިކަމަށް އެ އެކަޑެމީން ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ޓީމަށް އެކޮމޮޑޭޝަން ހަމަޖައްސައިދިން ބާސްކެޓް ބޯލް އެސޯސިއޭޝަނަށްވެސް ޝުކުރުއަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355