twitterviber whatsapp telegramfacebookyoutube instagram
20th June 2026

ނަބިއްޔާގެ ދިފާއުގައި ބޮޑު ހިނގާލުމެއް މާދަމާ ކުޅުދުއްފުށީގައި

އަބްދުލް ވާހިދު ޙަސަން
Oct 24, 2019
4

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް މާދަމާ ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ޒުވާނުންގެ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުމާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެމުން ހުސެއިން އަލީ (ކޭޑީ) ބުނީ މި ހިނގާލުމަކީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށާ މި ހިނގާލުމަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށެވެ.

މި ހިނގާލުން ފަށަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ޖަހާއިރު ކައުންސިލް އިދާރާ ކުރިމަތިނެވެ.

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އަޑުއުފުލުންތައް ބާއްވަމުންނެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހދ ނޮޅިވަރަމުގައިވެސް ނަބިއްޔާ ދިފާއުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ނޮޅިވަރަމުގައި ބާއްވާ ހިނގާލުން ފަށާނީ އެރަށު ބަނދަރު ސަރަހައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355