twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި

Nov 5, 2019
1

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމައިފި އެވެ.

މި ޖަމިއްޔާ އުވާލަން މި ނިންމީ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ. އެމްޑީއެންގެ ރިޕޯޓް ވަނީ އިލްމުވެރިންގެ ޓީމެއް ލައްވައި ފުލުހުން ދިރާސާވެސް ކޮށްފަ އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތަކެއް ހުރި ކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އަދި ށ. އާ ހަވާލާދީ، އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި އެކަން އެ ޖަމިއްޔާ ވެސް އަންގާފައިވާ ކަމަށެވެ. ޖަމިއްޔާ އުވާލުމަށް، އެތަނުގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ގާނޫނުގައިވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑްކުރި އެވެ. އެކަމަކު އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ދިޔައީ ފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355