twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްޑީއެން އުވާލަން ގޮވާލާ ކުޅުދުއްފުށީގައި ބޭއްވި ހިނގާލުމުގައި ހދ އަތޮޅު ކައުންސިލްގެ ރައީސް

އަބްދުލް ވާހިދު ޙަސަން
Oct 26, 2019
5

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް ކުޅުދުއްފުށީގައި ބޭއްވި ހިނގާލުމުގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ބައިވެރިވެޑައިގަންނަވައިފި އެވެ.

އެމްޑީއެން އުވާލަން ގޮވާލައި ކުޅުދުއްފުށީ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ހިނގާލުމުގައި ކައުންސިލަރުންގެ ތެރެއިން ބައިވެރިވެލެއްވީ ހަމައެކަނި އާދަމް އަލީ އެވެ.

ހިނގާލުން ބޭއްވުމުގެ ކުރިން ރަށު ކައުންސިލްގެ ބައެއް މެމްބަރުން އެ ހިނގާލުމުގައި ބައިވެރިވެލައްވާނެކަމަށް އަޑު ފެތުރުނު ނަމަވެސް އެ ހަރަކާތުގައި އެފަރާތްތައް ފެނިފައެއް ނުވެ އެވެ.

އާދަމް އަލީ އަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ކައުންސިލަރެކެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު މިހާރު އަދާކުރައްވަމުންގެންދަވާއިރު އެ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. ކުޅުދުއްފުށީ ކައުންސިލްގައިވެސް ތިއްބަވަނީ އެމްޑީޕީގެ ފަސް ކައުންސިލަރުންނެވެ.

މި ހިނގާލުމުގައި އާދަމް ބައިވެރިވެފައިމިވަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް އެ ޕާޓީއާ ވާދަވެރި ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް ބޭނުން ނުކުރުމަށް އަންގާފައިވަކޮށްނެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެ ޕާޓީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، ގައުމީ މަޖިލިސް މެމްބަރަކު ވެސް އަދި އާންމު މެމްބަރަކު ވެސް ބޭނުން ނުކުރުމަށެވެ.

އަދި އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355