twitterviber whatsapp telegramfacebookyoutube instagram
10th September 2026

ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ނޮޅިވަރަމުގެ ފެށުން ރަނގަޅު

އަބްދުލް ވާހިދު ޙަސަން
Oct 26, 2019

ހދ ފިނޭ، ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް ހަނިމާދޫ އާއި ނޮޅިވަރަމް ކާމިޔާބުކޮށްފި އެވެ. ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން އަތޮޅުގެ ފިރިހެނުންނަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް ފާށާފައިވަނީ އިއްޔެ ހަވީރު އެވެ.

ފުރަތަމަ ބައްދަލުކުރީ ހަނިމާދޫ އާއި ފިނޭ އެވެ. މި މެޗުގެ ސީދާ ތިން ސެޓުން ގެންދިޔައީ ހަނިމާދޫ އެވެ. މެޗުގެ ސެޓްތައް ހަނިމާދޫން ކާމިޔާބުކޮށްފައިވަނީ 25-17، 25-19 އަދި 25-21 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ހުސެއިން ވިޝާމެވެ.

މުބާރާތުގައި ރޭ ބައްދަލުކުރި މެޗުގައި ނޮޅިވަރަމާއި ވައިކަރަދޫ ވިޔެސް ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ ނޮޅިވަރަމެވެ. ވިއްސާރާގައި ކުޅުނު މި މެޗު ތިން ސެޓް މި މެޗު ނޮޅިވަރަމް ކާމިޔާބުކޮށްފައިވަނީ 25-19، 25-16، އަދި 25-20 ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަމުގެ އާދަމް ނަސީމެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅެން ހަމަޖެހިފައިވެ އެވެ. ހަވީރު ބައްދަލުކުރާނީ ނޮޅިވަރަންފަރުގެ ޓީމާއި ކުޅުދުއްފުށީގެ ޓީމެވެ. ރޭގަނޑު ބައްދަލުކުރާނީ ހަނިމާދޫ އާއި ވައިކަރަދޫ ވިޔެސް އެވެ. މި މުބާރާތް ކުރިއަށްދަނީ ފިނޭ ވޮލީ ކޯޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293