twitterviber whatsapp telegramfacebookyoutube instagram
13th January 2026

ފިނޭ ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގައި 6 ރަށަކުން ބައިވެރިވެއްޖެ

ޚަދީޖާ އާދަމް
Oct 23, 2019

މި އޮކްޓޯބަރު މަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާ ފިނޭ ވީއެސްއަރުސީގެ ވޮލީބޯޅަ މުބާރާތުގައި 6 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ހދ ފިނޭ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެވެ. މިއީ މި މުބާރާތް ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.

މި އަަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައެވެ. މި ފުރުސަތުގައި ބައިވެރިވި ޓީމުތަކަކީ:

  • ޓީމް ކުޅުދުއްފުށީ
  • ޓީމް ހަނިމާދޫ
  • ޓީމް ނޮޅިވަރަމް
  • ނޮރީވަރަންފަރު އެސްސީ
  • ޓީމް ފިނޭ
  • ވިޔެސް (ވައިކަރަދޫ)

މިއަހަރު ވަނީ މުބާރާތުގެ ބައިވެރިވުމަށް ހުށަހަޅާ ފީ ބޮޑުކޮށްފަ އެވެ. އެގޮތުން މިއަހަރު މުބާރާތުގައި ބައިވެރިވެވޭނީ 2500ރ ގެ ފީ އެއް ދައްކައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހަނިމާދޫ ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355