twitterviber whatsapp telegramfacebookyoutube instagram
29th March 2026

ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގެ ތަށި ނޮޅިވަރަމް އުފުލާލައިފި

Nov 6, 2019

ހދ އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތުގެ ތަށި ނޮޅިވަރަމުން އުފުލާލައިފި އެވެ. ފިނޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމުން ހޯދީ ނޮޅިވަރަންފަރު ބަލިކޮށްފަ އެވެ.

ފިނޭ، ވޮލީ ކޯޓްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ތިން ސެޓްވެސް ގެންގޮސްފައިވަނީ ނޮޅިވަރަމް ޓީމެވެ. އެއީ 25-20، 28-26 އަދި 38-36 އެކެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަމު ޓީމުގެ ކޯޗު، ނިމާލް މައުސޫމެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:

  • އަލީ ހުޒާމް/ ނޮޅިވަރަންފަރު
  • އާދަމް ނަޝީމް/ ނޮޅިވަރަމް
  • މުހައްމަދު އަހުސަން/ ނޮޅިވަރަމް
  • މުހައްމަދު ޝާއިން/ ހަނިމާދޫ
  • ހުސެއިން ޔޫސުފް/ ހަނިމާދޫ
  • އަހުމަދު ސައިފުއްﷲ/ ނޮޅިވަރަންފަރު

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ހދ އަތޮޅު ޕޮލިސް ކޮމާންޑަރު އައިޝަތު ނިޝާ އެވެ. މި މުބާރާތުގައި ޖުމްލަ 6 ރަށަކުން ބައިވެރިވި އެވެ. އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355