twitterviber whatsapp telegramfacebookyoutube instagram
20th June 2026

ތިލަދުންމަތިން އަތުލައިގަނެފަ ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އަބްދުލް ވާހިދު ޙަސަން
Oct 26, 2019
1

އެކި މައްސަލަތަކުގައި ހއ އަދި ހދ އަތޮޅުން ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފި އެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި 642 ބަނގުރާ ފުޅި އާއި ފަސް ބަނގުރާ ދަޅު ނައްތާލާފައިވެ އެވެ. ފުލުހުން ބުނީ މިތަކެތީގެ ތެރޭގައި 288 ބުރޭންޑްގެ ބަނގުރާ ހިމެނޭ ކަމަށެވެ.

ރާ ނައްތާލުމުގެ ކަންތައްތައް ކުރިއަށްދާގޮތް މޮނީޓަރ ކުރުމަށްޓަކާ ޑްރަގް އެންފޯސްމަންޓްގެ މުވައްޒަފުން ހަރަކާތްތެރިވެފައިވެ އެވެ.

މި ހަރަކާތުގައި އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒާއި ހދ އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އައިޝަތު ނިޝާ، ހއ އަތޮޅު ކޮމާންޑަރ އަމީން އަބުދުލް ގައްޔޫމާއި ކަސްޓަމްސް އާއި ހަނިމާދޫގެ ބައެއް އިދާރާތަކުން ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355