twitterviber whatsapp telegramfacebookyoutube instagram
3rd September 2025

މަޖިލީހުގެ އިދާރާގައި ދާއިރާ ރައްޔިތުންނާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Oct 27, 2019
1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ އިދާރާގައި އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު މަޖިލީހުގެ އިދާރާގައި މިހާރު ހަމަޖައްސަވާފައި ވާކަމަށެވެ.

ނިއުޝާ ވިދާޅުވީ އެ މަސައްކަތް ރާވައި ހިންގަނީ މަޖިލީހުގެ އިދާރާގެ މެންބަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ކަމަށެވެ. އަދި ދާއިރާތަކުގެ ރައްޔިތުންނާ މެންބަރަކު ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންނެވުމުން އެ ސެކްޝަނުން އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދު އިސްލާހު ގެނެސްފައިވަނީ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355