twitterviber whatsapp telegramfacebookyoutube instagram
22nd June 2026

މިއީ ދެ މޫސުމް ބެދޭ ވިއްސާރަ، ކުރިއަށް އޮތް ދެ ދުވަހު މޫސުމް ގޯސްވާނެ

ނަބީލާ އިސްމާޢީލް
Oct 28, 2019

މާދަމާ މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް، ކަނޑުތަށްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެއިދާރާއިން ބުނީ މިއީ އާންމުގޮތެއްގައި ދެ މޫސުމް ބެދޭ ދުވަސްވަރު ކުރަމުން އަންނަ ވިއްސާރައެއް ކަމަށާއި އަރަބި ކަނޑުގައި އުފެދިފައިވާ ސައިކްލޯނެއްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް މިހާރު މި ސައިކްލޯންގެ އަސަރު އަންނަނީ ކުޑަވަމުން ކަމަށާއި ޑިޕްރެޝަން ފޯމްއަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށެވެ.

މެޓް އޮފީހުން ވަނީ މިއަދު 13:00 ން 17:00 އަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355