twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށައިފި، އުތުރަށް ލިބުނު ބޮޑު ކުރިއެރުމެއް

• ހަނިމާދޫއިން ކޮޗިންއަށް ހަފްތާއަކުން ތިން ފްލައިޓް ބާއްވާނެ

އަބްދުލް ވާހިދު ޙަސަން
Oct 28, 2019
2

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫއިން އިންޑިޔާގެ ކޮޗިނަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

އެކަމަށްޓަކާ މިއަދު ހަވީރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ކޮޗިން ދަތުރުތައް ފައްޓަވައިދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫ އާއި މި ސަރަހައްދަށް މުޅިން އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން މިއީ މި ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރަން ހުޅުވިގެންދިޔަ އިތުރު ދޮރެއްކަން ރިޒްވީ ފާހަގަކުރެއްވި އެވެ.

ކޮޗިނަށް އާންމުކޮށް ދިވެހި ދަތުރުކުރަނީ ބޭސް ފަރުވާއަށެވެ. ރިޒްވީ ވިދާޅުވީ ކޮޗިން ދަތުރުތަކުގެ ސަބަބުން ބޭސް ފަރުވާއަށް ރާއްޖޭއިން ބޭރަށް ދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮޗިނަށް މޯލްޑިވިއަން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި ފްލައިޓަށް އެ ކުންފުނިން ޓިކެޓު ވިއްކަނީ ހަނިމާދޫއިން 199 ޑޮލަރަށެވެ. އަދި މާލެއިން ޓިކެޓު ވިއްކަނީ 150 ޑޮލަރަށެވެ. ކޮޗިން ފުލައިޓްތައް އޮންނާނީ ހޯމަ، ބުރާސްފަތި، ހޮނިހިރު ދުވަހަކު އެވެ.

ހަނިމާދޫން މިހާރުވެސް އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ހަފްތާއަކު ދެ ފްލައިޓް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355