twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޒިގްޒެގް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގު، މުބާރާތުގެ ގިނަ ލަނޑު ޖެހީ އަލީ ހާފިޒު

Nov 7, 2019

ކުޅުދުއްފުށީ ޕޯޓް ލިމިޑެޓް (ކޭފީއެލް) ބަލިކޮށް ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގު ހޯދައިފި އެވެ.

ކުޅުދުއްފުށީ، ސްޓޭޑިއަމްގެ ޓާރފް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ދިރާގުން ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިރާގަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އިބުރާހިމް އަތީގް، މުހައްމަދު ރިފާއު، އަލީ ހާފިޒް އަދި ސިނާން އިބުރާހިމެވެ.

އަތީގް އާއި ރިފާއު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ކޭޕީއެލްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ހުސެއިން ވާފިރު ކާމިޔާބުކޮށްދީފައިވާއިރު ދެން ޖެހި ގޯލް ކާމިޔާބުކޮށްދީފައިވަނީ ހުސެއިން އަބުދުލް ރަޝީދެވެ.

ރޭ މެޗު ޝަރަފްވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިބިފައިވަނީ ދިރާގުގެ އިބުރާހިމް އަތީގެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މަޝްހޫރު ފުޓްސަލް ކިންގް، ދިރާގުގެ އަލީ ހާފިޒެވެ. އޭނާ މުބާރާތުގައި 23 ލަނޑު ޖަހާދީފަ އެވެ.

މުބާރާތްގެ ގަދަ ފަސް ކުޅުންތެރިން:

  • އަލީ ހާފިޒް/ދިރާގު
  • އަލީ ރިޝްވާނު/ ޕޮލިސް ކުލަބު
  • ހަސަން އިބުރާހިމް/ ކޭޕީއެލް
  • ހުސެއިން ވާފިރު/ ކޭޕީއެލް
  • ވިޝާލް އަބުދުލް މަޖީދު/ ކޭޕީއެލް

މުބާރާތުފެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އޭއީސީގެ ޓީމެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވުނު މި މުބާރާތުގައި 17 މުއައްސަސާއަކުން ބައިވެރިވި އެވެ. މި މުބާރާތަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފުޓްސަލްގެ މޮޅެތި ކުޅުންތެރިން ވަނީ ފެނިގެންގޮސްފަ އެވެ.

އަންނަ އަހަރުވެސް މިމުބާރާތް ބާއްވާނެކަން ޒިގްޒެގުން ވަނީ އިއުލާންކޮށްފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355