twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޝަރީއަތް ނިމޭނެ ގޮތާމެދު ކަންބޮޑެއް ނުވޭ: ޔާމީން

އިބްރާހިމް ހަމީދު
Nov 14, 2019
1

ދައުލަތުން އުފުލާފައިވާ މަނީލޯންޑްރީންގެ ދައުވާގެ ޝަރީއަތް ނިމޭނެ ގޮތާމެދު ކަންބޮޑުނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެންވިދާޅުވީ ޕީޕީއެމްއިން ރޭ ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކޮށްގެން ކުއްވެރި ނުވާނެކަމަށެވެ. އަދި އެމަނިކުފާނު ގައިގައި އަތެއްނުލެވޭނެ ކަމަށާއި އެއީކީ ވާނޭކަމެއް ނޫން ކަމަށެވެ.

"ޝަރީއަތް ނިމޭނެ ގޮތާއި މެދު އަޅުގަނޑު ކަންބޮޑެއް ނުވޭ. އިންސާފުވެރި ޝަރީއަތެއް ކޮށްފިއްޔާ ރައީސް ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. އެއީކީ ވާނެ ކަމެއްނޫން،" ރައީސް ޔަމީން ވިދާޅުވިއެވެ.

ފަނޑިޔާރުންނަށްވެސް މިހާރު ނުފޫޒު ފޯރުވާ މިންވަރު ފާޅުގައި ފެނަމުންދާކަން ފާހަގަ ކުރައްވަމުން މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުވައްސަސާތަކުގައި މިއަދު ތިބީ ދުނިޔޭގެ ދަޅައަށް ހެއްލޭމީހުން ކަމަށާއި އަދި ފަނޑިޔާރުންވެސް ނުފޫޒުގައި ނުޖެހޭނެއޭ ވިދާޅުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް ނުފޫޒު އަންނަ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ފާޅުގައި އެއްގޮތަކަށްވެސް އަޅުގަނޑު ނުދަންނަވާނަށް ފަނޑިޔާރުން އެކަންކުރައްވާނެކަމަކަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

ޖޭއޭސީއަށް ފާޑުވިދާޅުވެ ރައީސް ނަޝީދު އަށް މިސާލު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ޖޭއެސްސީގައި ފަނޑިޔާރުންގެ މައްސަލަތައް ނިންމަން އެތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށާއި ނަޝީދުގެ އެފުއްމިފުއް ރަނގަޅަށް އެގިލައްވާކަމަށާއި އަދި ޖުޑިސަރީތެރޭގައި ސަހަލު އެކަކުވެސް ނެތް ކަމަށެވެ.

ފައިސާތަކެއް ވަގަށް ނަގަންޖެހޭ ސަބަބެއް ނެތްކަމަށާއި އެމަނިކުފާނަކީ އެއަށްވުރެން ތަނަވަސް ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ އަތުގައި އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ހުންނާނެކަމަށާއި އެއަދަދެއްގެ ފައިސާއަށްޓަކައި އެފަދަ ކުށެއް ނުކުރައްވާނެކަން ރަގަޅަށް ވިސްނައިފިނަމަ ދިވެހި ރައްޔިތުންނަށް އެނގޭނެކަމަށެވެ.

"ފަސް އަހަރުވެގެން ދިޔަ އިރު އަޅުގަނޑާއި ދޭތެރޭގައި ގާނޫނީ ގޮތުން އިނގިއްޔެއް ހިއްލާ ނުލެވި އޮތް އިރު އަޅުގަނޑު އެވަރުގެ ކަމެއްކޮށްފާނެ ކަމަށް އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރާ ދިވެހިރައްޔިތުން ބުއްދީގެ ހަމަތަކަށް ގަބޫލުކުރާ ކަމަށް ވަންޏާ ގަބޫލެއް ނުކުރާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ ޝަރީއަތް ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހްމަދު ހައިލަމްގެ ސްލޫކީ މައްސަލެއްގައި ވަނީ ސަސްޕެންޑް ކޮށްފައެވެ. މިމަހުގެ 17 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ޝެޑިއުލްކޮށް އެ މައްސަލަ ބެއްލެވުމަށްވަނީ ބެންޗެއް އެކުލަވާލަފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ދިވެހިރާއްޖޭގައި ކުއްލި ނުރައްކާ އިއުލާން ކުރުމަށް ފަހު ދެ ފަނޑިޔަރަކާއި ސިޔާސީ ފަރާތް ތަކެއް ހައްޔަރުކޮށް ހުކުމްކޮށް ވަނީ ޖަލަށް ލެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355