twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސަލާމަތީ ބާރުތައް ވާންވީ މުންކަރާތް ނަހީކުރާ ބަޔަކަށް، އެކަން ދެކެން ބޭނުން: އިބުރާހިމް ރަޝީދު

އަބްދުލް ވާހިދު ޙަސަން
Nov 15, 2019
1

މުންކާރާތެއް ފެނިއްޖެނަމަ ބާރުގެ ބޭނުންކޮށްގެންވިޔަސް އެ މުންކަރާތެއް ހުއްޓުވުމަށްޓަކާ އޮތް ވަސީލަތަކީ ސަލާމަތީ ބާރުތައް ކަމަށާ ދިވެހި ފުލުހުންނަކީ މުންކަރާތެއް ފެނިއްޖެނަމަ އެއަށް ކެތްނުކުރެވިގެން އެކަން ނަހީކުރާ ބަޔަކަށް ވެގެންދާތަން ދެކެން ބޭނުންކަމަށް ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ހދ ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު ވިދާޅުވީ، ދީނީ އިލްމުވެރިން ފަދައިން ސަލާމަތީ ބާރުތަކަށްވެސް މުންކަރާތަކީ ކޯއްޗެއްކަން އެނގެން ޖެހޭ ކަމަށާއި ނޫންނަމަ މުންކަރާ ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ސަބަބުން އެކަން ބަގާވާތަކަށްވެސް ވެގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ދަންނަވާނީ މިކަންކަމަށް ފާރަވެރިވެ ބަލަހައްޓަން ޖެހޭއިރުގައި މި ދެންނެވި ހިދުމަތްތައް ދިނުމަށްޓަކާ ސަލާމަތީ ބާރުތައްވާން އެބަޖެހެޔޭ މުންކަރާތައް އެހީ ކޯއްޗެއްކަން ހަމަ އިލްމުވެރިން ފަދައިން އެނގިވަޑައިގަންނަވާ ބޭފުޅުންނަށްވާން. އެހެން ނޫންކަމަށް ވެގެންވާނަމަ ވާނީ އަޅުގަނޑުމެންނަށް ނުވަތަ ތިޔަ ބޭފުޅުންނަށް އެޅުއްވޭ ފިޔަވަޅެއްގެ ސަބަބުން އެއީ ބަގާވާތަކަށްވެގެން ހިނގައިދާނެޔޭ." ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވެސް އިންނެވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބުރާހިމް ވިދާޅުވީ މުންކަރާ ހުއްޓުވޭނީ މުންކަރާތް އެނގިގެން ކަމަށާއި ސަލާމަތީ ބާރުތައް އުފައްދާފައިވަނީ މުންކަރާތްތައް ހުއްޓުވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން ޓެކްސް ނަގައިގެން، އަޅުގަނޑުމެން މުސާރަ ދީފައި އުފައްދާފައިވާ ދެ ފައުޖު މީ އެމްއެންޑީއެފް އަދި ޕޮލިސް. އެހެންކަމުން އަޅުގަނޑު ދަންނަވާނީ މި ދެ ބައިމީ، ތިޔަ ބޭފުޅުން އެބަ ވާން ޖެހެޔޭ އިލުމްވެރިން ފަދައިން މުންކަރާ އެނގިލައްވާ ބޭފުޅުންނަށް، އޭރުން މުންކަރާ ހުއްޓުވޭނީ. މިއަދުވެސް އަޅުގަނޑު ޝައްކުކުރަނީކީ ނޫން ސަލާމަތީ ބާރުތަކަކީ މިދެންނެވި ގޮތަށް ބާރުގެ ބޭނުންކޮށްގެން މުންކަރާތައް ނަހީކުރަން އުފައްދާފައިވާ ލަސްކަރުތަކަކަށްވާތީ މިހެން މިދަންނަވާލީ." އިބުރާހިމް ރަޝީދު ވިދާޅުވި އެވެ.

ފަހަކަށް އައިސް ޖިހާދުގެ ނަމުގައި ބައެއް ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހި ޒުވާނުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އިސްލާމީ ގައުމެއްގައި ޖިހާދުކުރަން އޮތް ފުރުސަތަކީ ސަލާމަތީ ބާރުތަކާ ގުޅުމެވެ. އެހެންވުމުން ޖިހާދުކުރަން ބޭނުންވާ ޒުވާނުން ސަލާމަތީ ބާރުތަކާ ގުޅުމަށް އިބުރާހިމް ރަޝީދު ވަނީ ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355