twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭގައި ފުރަތަމަ ބޭއްވި ބީޗު ސްޕޯޓްސް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

Nov 17, 2019

ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބީޗު ސްޕޯޓްސް ގޭމްސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި ގޭމްސްގައި ޖުމްލަ 4 ކުޅިވަރެއް ވަނީ ކުޅެފައެވެ. އެއީ ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑްބޯޅައިގެ އިތުރުން ބީޗު ވޮލީ އާއި ނެޓްބޯޅަ އެވެ. މީގެ އިތުރުން މި ގޭމްސްގެ ތެރެއިން ރާއްޖެއަށް މުޅިން އަލަށް އެއާ ބެޑްމިންޓަން ވަނީ ތައާރަފްކޮށްފައެވެ.

އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި މުބާރާތުގެ ފައިނަލް މެޗުތަކަށް ބަލާއިރު ބީޗު ވޮލީބޯޅައިގެ ޗެމްޕިއަންކަން ކޭއެސްޔޫ ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިއު އޭޖް ސްޕޯޓްސް ކުލަބެވެ. ބީޗު ނެޓްބޯޅައިގެ ޗެމްޕިއަންކަން ޓީމު ގޮއްޔެ ހޯދީ ފައިނަލުގައި ފައިވް ބަލިކޮށްގެންނެވެ. އަދި ތްރީ އޮން ތްރީ ބާސްކެޓުބޯޅައިގެ ސީނިއާ މެންސް ބައިގެ ޗެމްޕިއަންކަން ހޯކްސް ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ އައިލޭންޑް ބޯއިސް އެވެ.

ތްރީއޮންތްރީ ބައިގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެޒްޓެކް ވައިޕާސް ހޯދިއިރު މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޯކިޑެވެ. ބީޗު ހޭންޑްބޯޅައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެލީޓް ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިއު އޭޖް ސްޕޯޓްސް ކުލަބެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ޓީމު ގޮއްޔެ ހޯދިއިރު ރަނަރަޕްކަން ހޯދާފައިވަނީ ނިކަ އެވެ. ފައިނަލް މެޗާއި އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

މި ގޭމްސްގައި 500 އަށްވުރެ ގިނަ އެތްލީޓުން ވަނީ ބައިވެރިފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން މާލެއާއި ކައިރި ރަށްރަށާއި އެކުގައެވެ. މިމަހުގެ 13 ގައި ފެށި މި ގޭމްސް ކުރިޔަށްދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355