twitterviber whatsapp telegramfacebookyoutube instagram
9th August 2026

އުމުރުން އެންމެ 6 އަހަރުގައި ޤުރުއާން ހިތުދަސްކުރި ޔޫސުފަށް އިސްލާމިކް މިނިސްޓަރު ހިތްވަރު ދީފި

ނަބީލާ އިސްމާޢީލް
Nov 25, 2019

އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއާ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޔޫސުފްގެ މައިންބަފައިންނާ އެކު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ޔޫސުފަށް ހަދިޔާއެއްގެ ގޮތުގައި ހަތިމެއް ދެއްވުމަށްފަހު މިނިސްޓަރު ވަނީ ޔޫސުފަށް ހިތްވަރުދެއްވާފަ އެވެ.

ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީގަ އެވެ. މިއަހަރު ޔޫކޭޖީގައި 22 ފޮތް ޔޫސުފް ވަނީ ހިތުދަަސްކޮށްފައެވެ.

ދޮންދޫނީ ޕްރީ ސްކޫލުގައި ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ހާއްސަ ކޮމެޓީއަކަށް ޤުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ.

ގުރުއާން ކިޔެވުމުގެ ޝައުގު ޔޫސުފުގެ ހިތުގައި އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުންމުހާނީ އިބްރާހިމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355